05 ފެބްރުއަރީ 2025

Advertisement

ބަންގްލަދޭޝްގެ އާންމު އިންތިހާބު އަންނަ އަހަރު

17 ޑިސެމްބަރު 2024

ބަންގްލަދޭޝްގެ އާންމު އިންތިހާބު އަންނަ އަހަރު ފަހުކޮޅު ބާއްވަން އަމާޒު ހިފާފައިވާ ކަމަށް އެ ގައުމުގެ ވަގުތީ ލީޑަރު މުހައްމަދު ޔޫނުސް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި އޭނަ ވިދާޅުވީ އަންނަ އަހަރު ފަހުކޮޅު އިންތިހާބު ނުބެއްވޭ ނަމަ 2026 ގެ ކުރީކޮޅު އިންތިހާބު ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އެހެންވެ އިންތިހާބު ބާއްވާނެ ތާރީހަކާ މެދު އަންނަ އަހަރުގެ ތެރޭގައި ގޮތެއް ނިންމޭނެ." ޔޫނުސް ވިދާޅުވި އެވެ.

Advertisement

އޭނަ ބަންގްލަދޭޝް ހިންގެވުމާ ހަވާލުވެވަޑައިގެންނެވީ ބޮޑުވަޒީރު ޝައިހް ހަސީނާއާ ދެކޮޅަށް އެތައް ހާސް ބަޔަކު މަގުމައްޗަށް ނުކުމެ ކުރި މުޒާހަރާތަކާ ގުޅިގެން ހަސީނާ އިންސްތިއުފާ ދެއްވައި، ގައުމުން ފިއްލެވުމާ ގުޅިގެންނެވެ. ހަސީނާއާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އިސްކޮށް ތިބީ ބަންގްލަދޭޝްގެ ޔުނިވަސިޓީތަކުގެ ދަރިވަރުންނެވެ.

ގައުމު ދޫކުރައްވައި ހަސީނާ އަވައްޓެރި އިންޑިއާ އަށް ވަޑައިގެންނެވީ އޮގަސްޓް މަހުގެ 5 ގަ އެވެ. ގައުމު ހިންގެވުމާ ޔޫނުސް، 84، ހަވާލުވެވަޑައިގަތީ އޮގަސްޓް 8 ގަ އެވެ.

ޔޫނުސް ވިދާޅުވި ގޮތުގައި އާންމު އިންތިހާބަކާ ދިމާއަށް ބަންގްލަދޭޝްގެ މިސްރާބު ހުރި އިރު، މި އިންތިހާބަކީ ހުރިހާ ފަރާތްތަކަށް ވެސް އެއްބަސްވެވޭ ދަނޑިވަޅެއްގައި ބޭއްވޭ ހައްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ހުރިހާ ސިޔާސީ ޕާޓީތަކާ ވެސް މަޝްވަރާކުރައްވައި އިންތިހާބުގެ ކުރިން ގައުމު ހަމަމަގަށް އަޅުވަން ކުރަން ޖެހޭ މަސައްކަތްތައްކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މުހިއްމު ކަމަށް ޔޫނުސް ވިދާޅުވި އެވެ.

Advertisement

ކޮމެންޓް