05 ފެބްރުއަރީ 2025

Advertisement

އުރީދޫ ފަން ރަން 2025 ފުވައްމުލަކު ސިޓީ އަށް

20 ޑިސެމްބަރު 2024

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން ކަމަށްވާ އުރީދޫ ފަން ރަން 2025 ފުވައްމުލަކު ސިޓީގައި ބޭއްވުމަށް ނިންމައިފި އެވެ.

އުރީދޫ ފަން ރަން 2025 ފުވައްމުލަކު ސިޓީގައި އުރީދޫ އިން ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާން ކުރީ މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި އުރީދޫ ފަން ރަން 2024 ފެށުމުގެ ކުރިންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި އުރީދޫގެ ފަރާތުން ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވަަނީ ހަނދާނީ ފިލާއެއްވެސް ހަވާލުކޮށްދެއްވާފައިވެއެވެ.

Advertisement

މިއަދު އުރީދޫ އިން ބޭއްވި ފަން ރަން 2024 އަކީ އުރީދޫއިން އިންތިޒާމުކޮށްގެން ބޭއްވި މިފަދަ 6 ވަނަ ދުވުމެވެ. މި އަހަރު މި ދުވުމުގައި 6000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

Advertisement

ކޮމެންޓް