05 ފެބްރުއަރީ 2025

Advertisement

ރާއްޖޭގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 2024

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރިކުރި ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދިޔަ އިންސްޕެކްޝަންގައި ބިދޭސީ 7 އަންހެނަކާއި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ 2 ފިރިހެނަކު އަތުލައިގެންފައިވާ ކަމަށެވެ.

މިބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، ވިއެޓްނާމް، ޔުގާންޑާއަށް ނިސްބަތްވާ ބިދޭސީން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

Advertisement

މި މައްސަލަ ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 3 އަންހެނަކު މިހާރު ޑީޕޯޓުކޮށްފައިވާއިރު، ބާކީ 6 ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަނުން މީގެކުރިން ވެސް ވަނީ ރާއްޖޭގައި ފުޅާ ދާއިރާގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގަނެ، ބައެއް މީހުން ޑީޕޯޓުކޮށްފަ އެވެ.

Advertisement

ކޮމެންޓް