05 ފެބްރުއަރީ 2025

Advertisement

ސަލަފު ޖަމިއްޔާއިން އަލީ ރަމީޒު އިސްތިއުފާ ދެއްވައިފި

22 ޑިސެމްބަރު 2024

އަލީ ރަމީޒު ޖަމިއްޔަތުއް ސަލަފުން އިސްތިއުފާ ދެއްވައިފިއެވެ.

ޝޯޝަލްމީޑިއާ މެދުވެރިކޮށް "ފޭސްބުކް" އަދި "އެކްސް" ގައި ޢަލީ ރަމީޒު ކުރި ޕޯސްޓެއްގައި ބުނީ ޖަމްއިއްޔަތުއް ސަލަފުން އޭނާ އިސްތިއުފާ ދީފައިވާ ކަމަށެވެ. އޭނާ އިސްތިއުފާ ދިނީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޖަމުޢިއްޔަތުއް ސަލަފުގައި އަލީ ރަމީޒް އެންމެ ފަހުން އަދާކުރަމުންދިޔައީ އެ ޖަމުޢިއްޔާގެ އޮޕަރޭޝަންސް މެނޭޖަރުގެ މަޤާމެވެ.

އަލީ ރަމީޒަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާއެވެ. ނަމަވެސް 2002 އަހަރު ލަވަކިޔުން ހުއްޓާލައި އޭނާ ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސަލަފު ޖަމުޢިއްޔާ ގުޅިގެން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައެވެ.

ޖަމިއްޔަތުއް ސަލަފަކީ 2006 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިންގަމުންދާ ދީނީ ޖަމިއްޔާއެކެވެ. އެޖަމުއްޔާ އަކީ ދިވެހީންގެ މެދުގައި ދީނީ ހޭލުންތެރިކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާ އެކެވެ.

Advertisement

ކޮމެންޓް