05 ޖުލައި 2025

Advertisement

އިހުސާންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް

17 ޖެނުއަރީ 2025

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ.

މި މައްސަލަ މަޖިލީހަށް ވެއްދީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންގެ ސޮޔާއެކީގަ އެވެ.

އެމްޑީޕީން މަޖިލީހަށް މި މައްސަލަ ވައްދާފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ކޮށްގެން ނުވާނެ ކަންތައްތަކެއްކޮށް، އިހުސާން ގާނޫނުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ އެވެ.

Advertisement

ސަރުކާރު ހިންގާ، ޕީއެންސީގެ މެމްބަރުންގެ އަދަދު އިތުރުކުރަން ވަގު ފޯމްތަކެއް ހުށަހެޅި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި، ފޯމުތައް ފުރުމުގެ ކަންކަން އިހުސާންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ ކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދާދިފަހުން އާންމުވެ، އިހުސާނަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ޕީއެންސީ އަށް ވަގު ފޯމު ފުރައިގެން މީހުން ވެއްދި މައްސަލައިގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގުކޮށްދޭން އެމްޑީޕީން އޭސީސީ އާއި ފުލުހުންނަށް އިއްޔެ ވަނީ ހުށަހަޅާފަ އެވެ. އަދި މި މައްސަލަތައް ތަހުގީގު ކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދޭން އެދި ޕީޖީގައި ވެސް އެމްޑީޕީން ވަނީ އެދިފަ އެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

Advertisement

ކޮމެންޓް