އެމްޕީއެލްގެ އެމްޑީއަކަށް ރިޝްވާން
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް މުހައްމަދު ރިޝްވާން އައްޔަންކޮށްފި އެވެ.
އެމްޕީއެލްގެ އެމްޑީކަމުގައި މީގެ ކުރިން ހުންނެވި މުހައްމަދު ވަޖީހު އިބްރާހީމް އެވެ. އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވެފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެ މަގާމުން ވަޖީހު ވަކި ކުރެއްވުމުންނެވެ.
ރިޝްވާނަކީ މީގެ ކުރިން ސިފައިންގެ ވަޒީފާއާއި ފުލުހުންގެ ވަޒީފާގައި ގިނަ ދުވަސްތަކެއް ވަންދެން ޙިދުމަތްކުރައްވާފައިވާ ބޭފުޅެެކެވެ. ރިޝްވާނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވެވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް ރިޝްވާން ފުރުއްވި އެވެ.