ޖަންނަތު ފިލްމުގެ ޕްރޮމޯޝަނެއް
ޖަންނަތު” ފިލްމުގެ ޓީމުން ޕްރިމިއާ ނައިޓް ޓިކެޓާއި ހާއްސަ ޑިނަރއެއް ލިބޭ ގިވްއަވޭ އެއް ޑާކްރެއިން އިން ފަށައިފިއެވެ.
މި ގިވްއަވޭގައި ބައިވެރިވުމަށް “ޖަންނަތު” ޓީމުގެ ޕޯސްޓް އިންސްޓަގްރާމް ސްޓޯރީގައި ޝޭއާކޮށް، އެ ޑާކް ރެއިން އެންޓަޓެއިންމެންޓް ޓެގްކުރަންޖެހެއެވެ.
މި ގިވްއަވޭއިން ހޮވޭ ފަރާތަކަށް އިތުރުފަރާތަކާއެކު ޑިނަރ އަދި ޕްރެމިއާ އަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ.
މިއީ އައިޝަތު ފުއާދު ތައުފީގު އާއި އަހުމަދު ތޮލާލު ލިޔެ އަލީ ޝަފީއު ޑިރެކްޓުކޮށްފައިވާ ފިލްމެކެވެ. ސިނަމެޓޯގްރަފީ ހަދާފައިވަނީ އަހުމަދު ޒިފާފު އެވެ.
ފިލްމުގައި ސަރަފް، ސުހާ، ކޮޕީ އިއްސެ، އާއިދާ، އަފްރާހް އަދި އަންޖީ ފަދަ ތަފާތު ފަންނާނުން ފެނިގެންދާނެ ކަމަށް ޑާކް ރެއިން ވަނީ ފާހަގަ ކޮށްފައެވެ.