ދިރާގުން 'ބޮޑު އީދަށް ރިސޯޓަށް' ޕްރޮމޯޝަން އިއުލާނުކޮށްފި
ދިރާގުން މި އަހަރުގެ އަޟްޙާ އީދަށް ހާއްސަކޮށްގެން 'ބޮޑު އީދަށް، ރިސޯޓަށް' ޕްރޮމޯޝަން ތައާރަފްކޮށްފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން ރިސޯޓު ދަތުރެއް ކާމިޔާބު ކުރުމުގެ ރަނުގެ ފުރުސަތު ދިރާގު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
ބޮޑު އީދާ ގުޅުވައިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަނަކީ، ދިރާގުގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ އިތުރުން، ތަފާތު ތަޖުރިބާތައް ހޯދައިދިނުމުގެ މަގުސަދުގައި ތައާރަފްކޮށްފައިވާ ޕްރޮމޯޝަނެކެވެ. މި ގޮތުން، އީދު ބަންދަކީ އާއިލާ އާއި ރަހުމަތްތެރިންނާއެކު އީދު ފާހަގަކުރުމަށް އެކުގައި އެކި ތަންތަނަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ، މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި ކަސްޓަމަރުންނަށް ހިތްގައިމު ރިސޯޓު ޗުއްޓީއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވަނީ ހުޅުވާލައިފައެވެ. މިގޮތުން 100 ރުފިޔާއިން މަތީގެ އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް ދިރާގު އެޕްގައިވާ "ބޮޑު އީދަށް ރިސޯޓަށް'' ބެނާއަށް ފިއްތާލައިގެން މި ޕްރޮމޯޝަންގައި އެންރޯލް ކުރެވޭނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 3 ނަސީބުވެރިއަކަށް މި ހާއްސަ އިނާމު ލިބިގެންދާއިރު، ކޮންމެ ހަފްތާއަކު އެއް ނަސީބުވެރިއަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. 3 އިން 23 މެއި 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންއިން ހޮވޭ ކޮންމެ ނަސީބުވެރިއަކަށް 1,000 ޑޮލަރުގެ އަގުހުރި ރިސޯޓު ޗުއްޓީއެއް ލިބިގެންދާނެއެވެ.
ދިރާގުގެ މަގުސަދަކީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، އީދު ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު އަދި ފައިދާކުރަނިވި ތަޖުރިބާތަކެއް ފޯރުކޮށްދިނުމެވެ.