05 މޭ 2026

Advertisement

ރ. ވާދޫގައި ބޮޑު ޢީދަށް ހަވާ އެރުވުމާ އެކު ކުލަގަދަ ހަރަކާތްތަކެއް ބާއްވަނީ

04 މޭ 2026


ރ. ވާދޫގައި މިއަހަރުގެ އަޟްޙާ ޢީދު އެ ރަށުގެ ތާރީޚުގައި ވެސް ނުދެކޭ ފަދަ ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ތައްޔާރީތައް ވަމުން އެބަ ދެއެވެ.

އެ ރަށުން މަޢުލޫމާތު ދެއްވި ފަރާތަކުން ވިދާޅުވި ގޮތުގައި، ޢީދުވިލާރޭ ވާދޫގައި ފުރަތަމަ ފަހަރަށް ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން މެއި 30 ވަނަ ދުވަހުގެ ރޭ ރަށާއި ރަށުން ބޭރުގެ ފަންނާނުން ހިމެނޭ ޢީދު ޝޯވއެއް ބާއްވާ އިރު، އެ ޝޯވގައި "ހިޔަލަ" ގުރޫޕުގެ ފަންނުވެރިންގެ ޚާއްޞަ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެ އަހަރަކު ވެސް ޢީދުގައި ވާދޫގައި ކުޅޭ ސަގާފީ ކުޅިވަރުތައް ކަމަށްވާ ކޯޑިކުޅުމާއި ތަކުރުނެރުން މިފަހަރު ވެސް އޮންނާނެ ކަމަށާއި ފެންކުޅި ހިމެނޭ ގޮތަށް އިތުރު ތަފާތު ކުޅިވަރުތައް ރާވަމުން އަންނަ ކަމަށް ވަނީ މަޢުލޫމާތު ދެއްވައިފައެވެ. މި ހަރަކާތްތައް ރޭވުމުގައި އިންތިޚާބީ ކައުންސިލަރުންނާއި ޑަބްލިޔުޑީސީގެ އިސް ދައުރެއް އޮތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

ޢީދާ ދިމާކޮށް ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ގިނަވާނެ ކަމަށް ބެލެވޭ އިރު، މިހާރު ވެސް ވާދޫ ވިއު އިން ގެސްޓުހައުސްއާއި ގިނަ އާންމު ގެތަކުގެ ކުލީ ކޮޓަރިތައް ވަނީ މުޅިންހެން ފުރިފައެވެ.

Advertisement

ކޮމެންޓް