23 އޮކްޓޯބަރު 2026

Advertisement

ހައްޔަރުކުރި ފިލްމީ ތަރިން ދޫކޮށްލައިފި

23 އޮކްޓޯބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ދާދި ފަހުން ވިލިމާލެ އިން ހައްޔަރުކުރި ހަތަރު މީހުން ދޫކޮށްލައިފި އެވެ.

އޭގެ ތެރޭގައި ރާއްޖޭގެ ތިން ފީލްމީ ތަރިޔަކު ވެސް ހިމެނެ އެވެ. އެއީ އަހުމަދު އަޒްމީލާއި އިސްމާއީލް ޖުމައިހާއި މުހައްމަދު ވިޝާލް އެވެ. މި ތިން މީހުންނާ އެކު ޝާހިލް މުޙައްމަދު ކިޔާ މީހަކު ވެސް ހައްޔަރުކުރި އެވެ.

މި މީހުންގެ ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ. އެއާ އެކު ކޯޓުން ވަނީ މި މަހުގެ 10 ގައި އެންމެންގެ ބަންދަށް 15 ދުވަސް ޖެސް ޖަހައި ދީފަ އެވެ.

Advertisement

ފުލުހުން އިއްޔެ ބުނީ މި ހަތަރު މީހުންގެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ޕީޖީ އޮފީހަށް ފޮނުވާއިވާ ކަމަށާއި ހަތަރު މީހުން ވެސް ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކޯޓު މަރުހަލާގެ ތެރެއިން މައްސަލަ ކުރިއަށްދާ އިރު އެ މީހުން އިތުރަށް ހައްޔަރުގައި ބައިތިއްބަން އަމުރުކޮށްފި ނަމަ، އެ ގޮތަށް އަމަލުކުރާނެ ކަމަށެވެ.

Advertisement

ކޮމެންޓް