17 ޖެނުއަރީ 2025

Advertisement

ފަރަންސޭސި ސަރުކާރު ވެއްޓިއްޖެ

05 ޑިސެމްބަރު 2024
ފަރަންސޭސި ބޮޑު ވަޒީރު ބާނިއޭ

ފަރަންސޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓުން، ފްރާންސްގެ ބޮޑުވަޒީރު މިޝެލް ބާނިއޭގެ ސަރުކާރުގެ އިތުބާރު ނެތްކަމަށް ފާސްވެ، ސަރުކާރު ވެއްޓިއްޖެއެވެ.

މިއީ ފަރަންސޭސިވިލާތުގެ ތާރީހުގައި މިދިޔަ 60 އަހަރަށް ވުރެ ގިނަ އަހަރު ދުވަހުގެ ތެރޭގައި އިތުބާރު ނެތްކަމުގެ ވޯޓަކުން ވައްޓާލެވުނު ފުރަތަމަ ސަރުކާރެވެ.

ތިން މަސް ދުވަސްވީ ބާނިއޭ ގެ ސަރުކާރު ވެއްޓުމާ ގުޅިގެން އެ ގައުމުގެ ސިޔާސީ މަސްރަހް ހަލަބޮލިވެ، ކުރިއަށް އޮތް އަހަރުގެ ބަޖެޓް ފާސް ކުރުމަށްވެސް ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ.

Advertisement

ފަރަންސޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ބުދަ ދުވަހު ނެގި ވޯޓުގައި 577 މެމްބަރުންގެ ތެރެއިން 331 މެންބަރުން ވަނީ 73 އަހަރުގެ ބާނިއޭގެ މައިނޯރިޓީ ސަރުކާރު ވައްޓާލުމަށް ވޯޓު ދީފައެވެ.

ބޮޑު ވަޒީރުގެ މައްޗަށް އިތުރުބާރު ނެތް ކަމަށް ހުށަހެޅީ މަޖިލީހުން ފާސް ކުރުމަކާ ނުލާ ބޮޑު ވަޒީރުގެ ބަޖެޓާ ގުޅޭ ފިޔަވަޅުތަކެއް އަޅުއްވަން ނިންމެވުމާ ގުޅިގެން، އިދިކޮޅު ހަރުކަށި ވައަތު ފިޔައިގެ އަދި ހަރުކަށި ކަނާތު ފިޔައިގެ ޕާޓީތައް އެއް ބައިވެގެންނެވެ.

ވޯޓަށްފަހު، މަޖިލީހުގެ ރައީސް ވަނީ ބާނިއޭ މިހާރު "އޭނާގެ އިސްތިއުފާ" ރައީސް އެމެނުއެލް މެކްރޯން އަށް ހުށަހަޅުއްވަން ޖެހޭނެ ކަމަށް އިއުލާނު ކުރައްވާ ޖަލްސާ ނިންމާލެއްވިއެވެ.

Advertisement

ކޮމެންޓް