14 ފެބްރުއަރީ 2025

Advertisement

ޓޫރިޒަމް މިނިސްޓަރަކަށް ތޯރިގް އައްޔަންކޮށްފި

01 ފެބްރުއަރީ 2025
ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރުކަމުގެ މަގާމުގެ ލިޔުން ރައީސް މުއިއްޒު، ތޯރިގާ ހަވާލު ކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް މިނިސްޓަރުު ކަމުގެ މަގާމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް މިއަދު އައްޔަންކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް ތޯރިގް އައްޔަން ކުރެއްވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތޯރިގަށް ލިޔުން ހަވާލު ކޮށްދެއްވާފައެވެ. ޓޫރިޒަމް މިނިސްޓަރަކަށް ތޯރިގް އައްޔަން ކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލުމަށް ފަހު އެވެެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް ފައިސަލް މިދިޔަ އަންގާރަ ދުވަހު މަގާމުން ވަކި ކުރެއްވުމާއި ގުޅިގެންނެވެ.

Advertisement

Advertisement

ކޮމެންޓް