05 ފެބްރުއަރީ 2025

Advertisement

ޞަލާޙުގެ ދެ ލަނޑުން ލިވަޕޫލް މޮޅުވެއްޖެ

02 ފެބްރުއަރީ 2025

އިނގިރޭސި ޕްރިމިއަރ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލުން އެއް ވަަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.

ބޯންމައުތުގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ލިވަޕޫލް އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ކުރި ހޯދައިދިނީ މިޞްރުފެ ފޯވާޑު، މުޙައްމަދު ޞަލާޙު އެވެ. އެއީ ބޯންމައުތުގެ އޭރިޔާ ތެރެއިން ލިވަޕޫލްގެ ކޯޑީ ގަކްޕޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ބޯންމައުތުން ކުރި މަސައްކަތުގައި ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ވެސް ޞަލާޙު އެވެ. އެ ލަނޑު އޭނާ ޖެހީ ކާޓިސް ޖޯންސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

Advertisement

މޮޅާއެކު ލިވަޕޫލުން ވަނީ އެއް ވަަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއީ މިހާތަނަށް ލީގުގައި އެ ޓީމުން ކުޅެފައިވާ 23 މެޗުން 56 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަަނައިގައި އޮތް އާސެނަލަށް ލިބެނީ 47 ޕޮއިންޓެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި ލިވަޕޫލުން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، އެ ޓީމު ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ.

Advertisement

ކޮމެންޓް