05 ފެބްރުއަރީ 2025

Advertisement

އެމްޕީއެލްގެ އެމްޑީ ވަޖީހު މަގާމުން ވަކިކޮށްފި

02 ފެބްރުއަރީ 2025

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް މިއަދު މަގާމުން ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމުން ވަޖީހު ވަކިކޮށްފައިވާ ކަމަށެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަޖީހު އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ.

Advertisement

ވަޖީހު ވަނީ އެމްޕީއެލްގައި 9 އަހަރު ހޭދަކުރައްވާފައެވެ. އެ އަހަރުތަކުގައި އޭނާ ވަނީ އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ކަމާއި ޖެނެރަލް މެނޭޖަރު ކަމާއި އެސިސްޓެންޓް ސީއީއޯގެ މަގާމު ފުރުއްވާފައެވެ.

އެމްޕީއެލްގެ ވަޒީފާ އަދާކުރެއްވުމުގެ ކުރިން ވަޖީހު ވަނީ ރާއްޖޭގެ ގިނަ ސްކޫލުތަކެއްގެ ޕްރިންސިޕަލްކަމުގެ މަގާމު ފުރުއްވާފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފައިނޭންސް ޑިޕާޓްމެންޓްގައި ވެސް ވަޖީހު ކުރިން މަސައްކަތް ކުރެއްވި އެވެ.

Advertisement

ކޮމެންޓް