21 މޭ 2025

Advertisement

ލަވަ ކިޔުންތެރިޔާ މެޒޯ މޯޑް ނިޔާވެއްޖެ

12 ފެބްރުއަރީ 2025

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑް) ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެޒޯ މޯޑް ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ. ނިޔާވި އިރު އޭނާގެ އުމުރަކީ 59 އަހަރެވެ.

މެޒޯ މޯޑަކީ މިއުޒިކާއި ލަވަކިޔުމުގެ ފަންނުގައި 40 އަކަށް އަހަރު ހޭދަކޮށްފައިވާ އެ ދާއިރާގެ އެންމެ އުހުގައި ހުރި ފަންނުވެރިއެކެވެ. އޭނާ ވަނީ ލަވަކިޔުމުގެ ދާއިރާއިން ގައުމީ އެވޯޑްވެސް ހޯދާފަ އެވެ.

Advertisement

މެޒޯ މޯޑް ނިޔާވުމާ ގުޅިގެން މިއުޒިކީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ދަނީ ތައުޒިޔާ ކިޔަމުންނެވެ. އަދި މިއީ މިއުޒިކް އިންޑަސްޓްރީ އަށް ހިތާމަވެރި ދުވަހެއް ކަމަށް އެ ދާއިރާގައި ހަރަކާތްތެރިވާ މީހުން ބުންޏެވެ.


Advertisement

ކޮމެންޓް