12 މާރިޗު 2025

Advertisement

ރޯދައަށް ބީއެމްއެލުން ބައެއް މިސްކިތްތަކުގައި ކުލަ ލައިދީފި

14 ފެބްރުއަރީ 2025

ބީއެމްއެލް އިސްލާމިކް އިން މާލޭގެ ބައެއް މިސްކިތްތަކުގައި ކުލަލުމުގެ ހަރަކާތެއް ބާއްވައިފި އެވެ.

ބީއެމްއެލް އިން ބުނީ ރޯދަ މަހަށް ތައްޔާރުވުމަށް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިސްލާމިކް އިން މާލޭގެ ހަތަރު މިސްކިތެއްގައި ވަށާފާރުގައި ކުލަލުމުގެ ހަރަކާތެއް މިއަދު ހެނދުނު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ކުލަލި 4 މިސްކިތަކީ:

Advertisement

– މާލޭ ހުކުރު މިސްކިތް
– ދަރުމަވަންތަ ރަސްގެފާނު މިސްކިތް
– މަސްޖިތުލް ސުލްތާން މުހައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
– މަސްޖިދުލް ސުލްތާނުލް ޢާދިލް

މި ހަރަކާތުގައި ބޭންކުގެ 100 އެއްހާ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

ބީއެމްއެލްއިން ބުނީ، ބޭންކުގެ މުވައްޒަފުން އިސްނަގައިގެން ދޭތެރެ ދޭތެރެއިން އެފަދަ އިޖުތިމާއީ ހަރަކާތްތައް ހިންގާ ކަމަށެވެ.

އެގޮތުން، މިދިޔަ އަހަރު ވެސް މާލޭގެ މިސްކިތްތަކުގައި ކުލަލުމާއި، މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުންޏެވެ.

Advertisement

ކޮމެންޓް