އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ފަޒީނާ އައްޔަންކޮށްފި
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑަށް ގދ. ގައްދޫ/ ބިލެތްމާގޭ، އައިޝަތު ފަޒީނާ އައްޔަނުކޮށްފި އެވެ.
ފަޒީނާއަކީ މީގެ ކުރިން އާންމު ހިއްސާދާރުންގެ ފަރާތުން އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަން 2018 ވަނަ އަހަރު ކުރެއްވި ބޭފުޅެކެވެ.
އެސްޓީއޯގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގެ މަތީން، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން 1 ޑިރެކްޓަރު އަދި ސަރުކާރުގެ ފަރާތުން 6 ޑިރެކްޓަރުން ހޮވާނެއެވެ.
މިހާރު އެސްޓީއޯ ބޯޑުގައި ތިއްބަވަނީ ޗެއާމަން އާމިރް މަންސޫރާއި، ސީއީއޯ އިބްރާހިމް ޝިމާދުގެ އިތުރުން، ސީއެފްއޯ މުހައްމަދު ނިޒާމާއި، މުހައްމަދު އަހްސަން ސަލީމާއި، ދާނިޝް މުހައްމަދު އަމީނާއި، ރީޝާ އަބްދުލް މޫނިމް އެވެ.