29 މޭ 2025

Advertisement

މުލީ އެއަރޕޯޓަށް ދަތުރުތައް ފަށައިފި

މިމަހުގެ 20ވަނަ ދުވަހު ރަސްމީކޮށް ހުޅުވި މުލީ އެއަރޕޯޓަށް ދަތުރުތައް ފަށައިފިއެވެ.

އިއްޔެއިން ފެށިގެން ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ވަނީ މުލީ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާފައެވެ. ފުރަތަމަ ޚިދުމަތް ފަށާއިރު މޯލްޑިވިއަންއިން މުއްޔަށް ދަތުރުތައް ބޭއްވުމަށް ތާވަލުކޮށްފަވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުއެވެ. އެގޮތުން އިއްޔެ ފުރަތަމަ ކޮމާޝަލް ފްލައިޓް މާލެއިން ފުރީ 15:30ގައެވެ. އަދި މުލިން މާލެއަށް ދަތުރުކުރީ 16:45ގައެވެ.

ފްލައިޓްގެ ޑިމާންޑަށް ބަލާ، ކުރިމަގުގައި ޝެޑިއުލް ދަތުރުތައް އިތުރުކުރާނެއެވެ. އަދި ދަތުރުތައް ބާއްވަން ބޭނުންވާ އެހެން އެއަރލައިންތަކަށްވެސް ރީޖަނަލް އެއަރޕޯޓްސްއިން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

Advertisement

މުލީ އެއަރޕޯޓްގައި 40އެއްހާ މުވައްޒަފުން މަސައްކަތްކުރާނެއެވެ. މުލީ އެއަރޕޯޓްގެ ޓެސްޓް ފްލައިޓް ބޭއްވީ އޭޕްރިލް މަހުގެ 25ވަނަ ދުވަހުއެވެ.

މުލަކަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު އެއަތޮޅުގެ އާބާދީ 8000އާ ގާތްކުރެއެވެ.  

Advertisement

ކޮމެންޓް