30 މޭ 2025

Advertisement

އީރާން އޮތީ އިސްރާއީލަށް ހަމަލާދޭން ތައްޔާރަށްކަމަށް ބުނެފި

އިސްރާއީލުން އީރާނުގެ ސަލާމަތަށް ނުރައްކާކުރަން މަސައްކަތްކުރާކަމުގައި ވާނަމަ އީރާން އޮތީ އިސްރާއީލަށް ތިންވަނަ ޢަސްކަރީ ހަމަލާއެއްދޭން ތައްޔާރަށްކަމަށް އީރާނުގެ އެއްގަމު ސިފައިންގެ އެންމެ އިސް ކޮމާންޑަރު މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް މޫސަވީ ވިދާޅުވެއްޖެ އެވެ.

އީރާނުގެ "އޮޕަރޭޝަން ހައްޤުވަޢުދުގެ" ތިންވަނަ ހަމަލާ އަމިއްލައަށް އަވަހަށް ލިބިގަންނަން ޔަހޫދީ އިސްރާއީލުން ބޭނުންނަމަ އީރާނާ ކުރިމަތިލާން އުޅެންވީކަމަށް މުސަވީ ވަނީ ވިދާޅުވެފަ އެވެ. އީރާނުގެ ޢަސްކަރީ ބާރު ހުރިމިންވަރު ފާއިތުވެދިޔަ 2024ވަނަ އަހަރު އިސްރާއީލަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުން އެނގިގެން ގޮސްފައިވާއިރު އީރާނުން ދިން ކޮންމެ ހަމަލާއެއްވެސް ދީފައި ވަނީ އިސްރާއީލުން ކުރިކަމެއްގެ ރައްދުގައެވެ.

އީރާނުގެ ހައިޕަރސޮނިކް ބެލެސްޓިކް މިސައިލްތަކާއި ޑްރޯންތަކުން އިސްރާއީލަށް ދިން ވައިގެ ހަމަލާތައް ވަރަށް ބަރާބަރުގޮތެއްގައި އަމާޒުކުރެވުނު ޢަސްކަރީ ތަންތަނަށް ވަނީ ދީފަ އެވެ. މިކަމުން އެނގިގެންދަނީ އީރާނުގެ ޢަސްކަރީ އިންޓެލިޖެންސްގެ ކުޅަދާނަކަމާއި ހަތިޔާރުތަކުގެ ބަރާބަރުކަންކަމުގައި މުސަވީ ވަނީ ވިދާޅުވެފަ އެވެ.

Advertisement

މޫސަވީ ވިދާޅުވެފައި ވަނީ އިސްރާއީލުން އަދިވެސް ކަތިފިޔަވަޅެއް އެޅުމަކީ ދުރުކަމެއް ނޫންކަމަށެވެ. ސަބަބަކީ ޔަހޫދީ ދައުލަތުގައި ވެރިކަންކުރަން ތިބީ ކުޑަކުދިން ޤަތުލުކުރަމުންދާ ފިޑި މޮޔައިންގެ ބަޔަކުކަމުގައި ވާތީ އެވެ.

Advertisement

ކޮމެންޓް