އެމްއޭސީއެލްގެ ޗެއަރޕާސަންގެ މަގާމަށް ނޫރައިން
މޯލްޑިވްސް އެެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާޕާސަންގެ މަގާމަށް އައިޝާ ނޫރައިން ޖަނާހް އައްޔަންކުރައްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނެފައިވަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާޕާސަންގެ މަޤާމަށް ހ. ސީސައިޑް، އައިޝާ ނޫރައިން ޖަނާހު މިއަދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.
މިއީ އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ.
އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް މިއަދު އައްޔަނު ކުރެއްވި ނޫރައިން އަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ ޗެއާޕާސަންއެވެ. އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުން ނޫރައިން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ މޭމަހުގެ ތެރޭގައެވެ.
އެމްއޭސީއެލްގެ ޗެއާމަންކަމުގެ މަގާމުގައި މީގެ ކުރީން ހުންނެވީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު އެވެ. ނަމަވެސް އުމަރު މަނިކު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެމަގާމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފައެވެ.