އެޗްޑީސީގެ ޗެއަރމަންގެ މަޤާމަށް ޝަހީރު
ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއަރމަންގެ މަޤާމަށް މ. ލާލުބާގް އަޙްމަދު ޝަހީރު މިއަދު އައްޔަނު ކުރަށްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު، ޕީސީބީން މިއަދު ބުނީ، 29 މެއި 2025 ވަނަ ދުވަހުން ފެށިގެން އެޗްޑީސީގެ ޗެއަރމަންގެ މަޤާމަށް މ. ލާލުބާގް އަޙްމަދު ޝަހީރު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.
ޝަހީރު ވަނީ 2015 އިން 2018 ވަނަ އަހަރާއި ހަމައަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ. އަދި 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެނަކައިގެ ޗެއާމަންގެ މަގާމަށް ޝަހީރު އައްޔަނު ކުރެއްވިއިރު އޮގަސްޓް މަހުގެ ތެރޭގައި އޭނާވަނީ މަގާމުން ވަކިކުރައްވާފަ އެވެ.
އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި މީގެ ކުރީން ހުންނެވީ އަހުމަދު ނާސިފް އެވެ. ނަމަވެސް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އާސިފް އެމަގާމުން ވަކިކުރަށްވައި ވެމްކޯގެ ޗެއާމަނަކަށް ވަނީ އައްޔަނުކޮށްފައެވެ.