30 ޖުލައި 2025

Advertisement

މުސްލިމުން ތިބެނީ އަބަދުވެސް ޑިޔުޓީގައި

އަލަށް ޚިދުމަތްދޭން ފެށި އެއަރލައިނެއްގެ މަތިންދާބޯޓަކުން ކުރަން ހަމަޖެހުނު ފުރަތަމަ ދަތުރުގައި އެބޯޓްގެ ފަސްޓްކްލާސް ކެބިންގައި އިން މުސްލިމް ފިރިހެނެކެވެ. އޭނާ ވަނީ ރަނގަޅު ފެންވަރަކަށް ތަޢުލީމް ހާސިލްކޮށްފަ އެވެ. މަތިންދާބޯޓުގައި އެންމެ މަތީ ފެންވަރުގެ ޚިދުމަތް ފޯރުކޮށްދޭ "ފިނިފެންމާ" ކްލާހުގައި ތިބޭ ފަސިންޖަރުންނަށް ކެބިން ކްރޫއިން ވަކިން ބޮޑު ސަމާލުކަމެއް ދެއެވެ. މިހެންކަމުން، ބޯޓަށް އެރީމައި މަރުޙަބާކިޔުމުގެ ގޮތުން އެއަރ ހޮސްޓެސުންގެ ތެރެއިން އަންހެން ކުއްޖަކު އައިސް އޭނާއަށް ބުއިމެއް ދިއްކޮށްލައިފި އެވެ. އެ ބުއިމަކީ އަލްކޮހޮލް ނުވަތަ ބަނގުއާވި ހިމެނިގެންވާ އެއްޗެއްކަމުން އޭނާ އަދަބުވެރިކަމާއެކު ނޫނެކޭ ޝުކުރިއްޔާއޭ ބުނެ އެއަކު ނުހިފި އެވެ.

މިހެންވުމުން، އެ ކުއްޖާ އެ ހިފައިގެން ހިގައްޖެ އެވެ. ގޮސްފައި އެނބުރި އައީ އެ ބުއިން ރީތި ތަބަކެއްގައި ބަހައްޓައިގެންނެވެ. ބޭނުމަކީ އޭނާ އެ ބުއިން ބަލައިގަންނާނެ ގޮތް ހެދުމެވެ. މިފަހަރުވެސް އޭނާ އެކުއްޖާއަށް ވަރަށް އިޙްތިރާމާއެކު އޭނާ ބަނގުރާ ނުބޯކަމަށް ބުނެފި އެވެ. ދެން އެކުއްޖާ ވަރަށް ފިކުރުބޮޑުވެގެން ގޮސް އެވާހަކަ މެނޭޖަރު ގާތު ބުނެފި އެވެ.

މިހާހިސާބުން މެނޭޖަރު އެ ބުއިން ކުރިޔަށްވުރެ ވެސް ރީތި ތަބަކެއްގައި ބަހައްޓައިގެން، އެ ތަބައް މަލުން ޒީނަތްތެރިކޮށްގެން އެ ހިފައިގެން އަތުވެއްޖެ އެވެ. އޭނާ އައިސް މުސްލިމް މީހާކުރެން އެހީ:

Advertisement

މެނޭޖަރު: "އަޅުގަނޑުމެންގެ ޚިދުމަތާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމެއް އޮތީތޯ؟ މިއީ އަޅުގަނޑުމެން ހަދިޔާއަކަށްދޭ  ބުއިމެއް. މީގައި ހިއްޕަވާ."

ފަސިންޖަރު: "އަޅުގަނޑަކީ މުސްލިމެއް. އަޅުގަނޑު ބަނގުރަލެއް ނުބޮން."

މެނޭޖަރު:  "ނަމަވެސް ދެން މި ނަންގަވައިގެން އެތިފޮދެއް ހިއްޕަވާ."

ފަސިންޖަރު: "ތި ބުއިން ގެންގޮސް އެންމެ ފުރަތަމަ ބޯޓްގެ ޕައިލެޓަށް އަރުވަންވީ ނުންތޯ؟"

މެނޭޖަރު:  "ޕައިލެޓް އިންނެވީ ޑިޔުޓީގައި... ޑިޔުޓީގައި އިންނަވައިގެން ޕައިލެޓް ބަނގުރާ ހިއްޕަވާނީ ކިހިނަކުންތޯ؟ އޭނާ މިފަދަ އެއްޗެއް ހިއްޕަވައިފި ނަމަ މަތިންދާބޯޓް ވެއްޓި ސުންނާފަތިވުމުގެ ނުރައްކާ ވަރަށް ބޮޑުވާނެ."

ފަސިންޖަރު: (ލޮލުން ކަރުނަ ހިލިފައި) "އަޅުގަނޑަކީ މުސްލިމެއް... އަޅުގަނޑުގެ އީމާންކަން ހިމާޔަތްކުރުމަށްޓަކައި އަޅުގަނޑު އަބަދުވެސް ހުންނަންޖެހެނީ ޑިޔުޓީގައި. އަޅުގަނޑު ތިބޮއެފިނަމަ މިދުނިޔޭގަ އާއި އާޚިރަތުގައި ވެސް ސުންނާފަތިވާނީ އަޅުގަނޑުގެ މުޅި ޙަޔާތް."

Advertisement

ކޮމެންޓް