13 ޖުލައި 2025

Advertisement

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ޤާއިމްކުރަނީ

13 ޖުލައި 2025

 ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ޤާއިމްކޮށް، އެކަމުގެ މަސައްކަތް ބާރު ދުވެލީގައިކޮށް މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ހުޅުވިގެންދާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގެ ތިން ފަންގިފިލާގައި އިސްލާމީ ކުތުބުޚާނާ ތަރައްޤީކޮށް ރަސްމީކޮށް ހުޅުވުމަށް ހޮނިހިރު ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި މިއަހަރުގެ ނިޔަލަށް އިސްލާމީ ކުތުބުޚާނާތައް ޤާއިމްކުރެވިގެންދާ ކަމަށެވެ.

އެގޮތުން ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައާއި، ތިނަދޫ ސިޓީ އިސްލާމީ މަރުކަޒުގައި އަދި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި އިސްލާމީ ކުތުބުޚާނާ ޤާއިމްކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މި ކުތުބުޚާނާތަކަށް އެކުވެރި ޤައުމަކުން 60 ހާސް ފޮތް ހަދިޔާ ކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

Advertisement

Advertisement

ކޮމެންޓް