09 ސެޕްޓެމްބަރު 2025

Advertisement

ފްރާންސްގެ ބޮޑުވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

09 ސެޕްޓެމްބަރު 2025

ފްރާންސްގެ ޕާލިމެންޓުން ބޮޑު ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސް ކޮށް، އޭނާގެ ސަރުކާރު ވައްޓާލައިފިއެވެ.

ބޮޑު ވަޒީރު ފްރާންސުއާ ބެއިރޫ ގެ ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމަށް ޕާލިމެންޓުގައި ނެތި ވޯޓުގައި ބޮޑު ތަފާތަކުން ބަލިވި އިރު އޭނާ މަޤާމުގައި ހުންނަތާ އަދިވީ އެންމެ 9 މަސްދުވަހެވެ.

ނެޝަނަލް އެސެމްބްލީގެ ވޯޓުގައި، 364 މެންބަރުން ސަރުކާރަށް އިތުބާރު ނެތްކަމަށް ވޯޓުދިން އިރު، އިތުބާރު އޮތްކަމަށް ވޯޓުދިނީ އެންމެ 194 މެންބަރުންނެވެ.

Advertisement

"ޤާނޫނު އަސާސީގެ 50 ވަނަ މާއްދާގެ ދަށުން، ބޮޑުވަޒީރު އާއި އޭނާގެ ސަރުކާރުގެ އިސްތިއުފާ ދޭން ހުށަހަޅަންޖެހޭނެ" ކަމަށް ވޯޓަށް ފަހު މަޖިލީހުގެ ރައީސް ވަނީ އިއުލާނު ކުރައްވާފައެެވެ.

ބެއިރޫ އާ ގާތް، ނަން ހާމަ ނުކުރުމަށް އެދުނު ފަރާތަކުން އޭއެފްޕީ އަށް ބުނިގޮތުގައި، ބޮޑުވަޒީރު އަންގާރަ ދުވަހުގެ ހެނދުނު ރައީސް އެމެނުއެލް މެކްރޯން އަށް އިސްތިއުފާ ހުށަހަޅުއްވާނެއެވެ.

Advertisement

ކޮމެންޓް