12 ޖެނުއަރީ 2026

Advertisement

މެލޭޝިއާ އާއި އިންޑޮނީޝިއާގައި ގްރޮކް ބްލޮކް ކޮށްފި

12 ޖެނުއަރީ 2026

އީލޮން މަސްކުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް "ގްރޮކް" އިން ބަދުއަހުލާގީ މަންޒަރުތައް އުފައްދާ މައްސަލަ ބޮޑުވެ މެލޭޝިއާ އާއި އިންޑޮނީޝިއާގައި އެ މަނާކޮށްފި އެވެ.

މަސްކްގެ އެކްސް ޕްލެޓްފޯމްގައި ހިމެނޭ ގްރޮކް އަކީ އިމޭޖް ޖެނެރޭޓް ކުރާ ޓޫލްއެކެވެ. ނަމަވެސް ފަހަކަށް އައިސް އަސްލު މީހުންގެ ފޮޓޯތައް އެޑިޓްކޮށް އެ މީހުންގެ ހަށިގަނޑު ހާމަވާ ގޮތަށް ފޭކް ފޮޓޯތައް ހެދުން ވަރަށް ބޮޑަށް އާންމުވެފަ އެވެ. 

މެލޭޝިއާ އާއި އިންޑޮނީޝިއާއިން ވެސް ބުނީ ގްރޮކް އަކީ ބަރަހަނާ މަންޒަރުތައް ފަސޭހައިން އުފައްދަން ބޭނުންކުރެވިދާނެ އެއްޗެއް ކަމަށާއި އަންހެނުންނާއި ކުޑަކުދިން ވެސް ރުހުމުކާނުލައި އެ މީހުންގެ ބަދުއަހުލާގީ މަންޒަރުތައް އުފައްދަމުން ގެންދާ ކަމަށެވެ. 

Advertisement

މި ދެ ގައުމު ވެފައި ވަނީ މި އޭއައި ޓޫލް މަނާކުރި ފުރަތަމަ ދެ ގައުމަށެވެ. 

ބީބީސީން ވަނީ ގްރޮކްގައި އުފައްދާ މިފަދަ މަންޒަރުތަކާ ބެހޭ ގޮތުން އެ ޕްލެޓްފޯމުގެ ބަހެއް ހޯދަން މަސައްކަތްކޮށްފަ އެވެ. އޭގެ ކުރިން މަސްކް ވަނީ އޭނާގެ އޭއައި ޓޫލް ސެންސަރުކޮށް މަނާކުރުމަށް މީހުން ތިބެނީ "އުޒުރެއް ނުފެނިފައި" ކަމަށެވެ. 

އޮންލައިން ސޭފްޓީ ގާނޫނުތަކާ އެއްގޮތަށް އަމަލުނުކުރާތީ އެ ޕްލެޓްފޯމަށް އެކްސެސް ބްލޮކް ކުރުމަށް ގޮވާލާ ގޮވާލުންތަކަށް އިނގިރޭސި ވިލާތުގެ ޓެކްނޮލޮޖީ ސެކްރެޓަރީ ލިޒް ކެންޑަލް ތާއީދު ކުރެއްވުމާ ގުޅިގެން ވެސް އެކްސް އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

މެލޭޝިއާ އާއި އިންޑޮނީޝިއާގެ ކޮމިއުނިކޭޝަން މިނިސްޓްރީން ގްރޮކް މަނާކޮށް އިއުލާނުކުރީ ވަކިވަކިން ނެރުނު ދެ ބަޔާނެއްގަ އެވެ. 

މެލޭޝިއާގެ ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ ކޮމިޝަނުން ބުނީ އެކަށީގެންނުވާ ކަންކަމުގައި ގްރޮކް ބޭނުންކުރާ މައްސަލ ހައްލުކުރުމަށް، އެ ބޭނުންކުރުމުގެ މިންގަނޑުތަކަށް ހަރުކަށިކުރުމަށް އެދި މި އަހަރުގެ ކުރީކޮޅު އެކްސްއަށް ނޯޓިސް ފޮނުވާފައި ވިޔަސް އެކަމާ މެދު ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. މެލޭޝިއާއިން ބުނީ އެކްސްއިން މިކަމުގައި ފިޔަވަޅެއް އެޅުމުގެ ބަދަލުގައި އެކަން ދޫކޮށްލީ، އެކްސް ބޭނުންކުރާ މީހުން މައްސަލަތައް ރިޕޯޓްކުރާ ގޮތަށް ކަމަށެވެ. 

އެހެންވެ، ގްރޮކް އިން މައްސަލަ ހައްލުކޮށްދިނުމުން ނޫނީ ގްރޮކް ހުއްދަ ނުކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. 

އިންޑޮނީޝިއާއިން ގްރޮކް މަނާކުރި އިރު މި ފަހުން ވަނީ ބަރަހަނާ މަންޒަރުތަކާއި ބޭއަދަބީ ކަންކަމަށް ހާއްސަކޮށްގެން ހަދާފައިވާ އެތައް ޕްލެޓްފޯމެއް އެ ގައުމުގައި ބަންދުކޮށްފަ އެވެ. 

Advertisement

ކޮމެންޓް