17 ޖެނުއަރީ 2026

Advertisement

ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފި

17 ޖެނުއަރީ 2026

އެޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ އެ ދެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 1 އާ ހަމައަށް އޮންނާނެ ކަމަށެވެ. ސުންގަޑި ހަމަވާނީ އެ ދުވަހުގެ މެންދުރު ފަހު 3:30 އަށެވެ.

އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅޭނީ، ރަސްމީ ގަޑިތަކުގަ އެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 3:30 އަށް ފޯމް ބަލައިގަންނާ ނެއެވެ. އަދި ހުކުރު ދުވަހު 3:30 އިން 6:00 އަށް ވެސް ފޯމް ބަލައިގަންނާނެ އެވެ.

Advertisement

ދެ އިންތިޚާބަށް ވެސް ކުރިމަތިލާން ހުށަހަޅާނީ އީސީގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ. އަދި ދައްކަން ފަރާތްތަކުން ދައްކަން ޖެހޭ އިދާރީ ފީ ވެސް ދައްކާނީ ޕޯޓަލް މެދުވެރިކޮށެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.

މި އިންތިޚާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރާނެ އެވެ. އެގޮތުބް ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިޚާބު ކުރަންޖެހޭ އިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ވެސް ހަނަ އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެ އެވެ.

އެހެންވެ މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1،356 މެންބަރުން އިންތިޚާބުވެގެން ދާނެ އެވެ.

ވޯޓާސް ލިސްޓުން ދައްކާ ގޮތުގައި ކައުންސިލް އިންތިޚާބުގައި 294،937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބެ އެވެ.

Advertisement

ކޮމެންޓް