21 މޭ 2026

Advertisement

ހޮހޮޅައިން 2 ޑައިވަރުންގެ ހަށިގަނޑު ނަގައިފި

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގައިފި އެވެ.

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު މީހުން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެންނެވެ.

އެގޮތޮން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ވަނީ ހަތަރު މީހުންގެ ހަށިގަނޑު ވެސް އެ މީހުން ޑައިވް ކުރި ހޮހޮޅައިގެ ތެރެއިން ފެނިފަ އެެވެ.

Advertisement

އެ މީހުންގެ ހަށިތައް ހޯދުމަށް އިޓަލީ ސަރުކާރުން ހަމަޖައްސައިގެން ރާއްޖެ އައިސްފައި ވަނީ ފިންލެންޑުގެ ތަޖުރިބާކާރު 3 ޑައިވަރެކެވެ.

ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

އެ ޙާދިސާގައި ގެއްލުނީ އެ އުޅަނދުން ޑައިވިން އަށް ދިޔަ އިޓަލީގެ ޑައިވިންގއިންސްޓްރަކްޓަރަކާއި، ހަތަރު ޑައިވަރުންނެވެ. އޭގެ ތެރެއިން ފުރަތަމަ ފެނުނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ.

Advertisement

ކޮމެންޓް