24 ނޮވެމްބަރު 2024

Advertisement

ސްވިޑެން އިން ނޭޓޯއާއި ގުޅުމަށް ކުރާ މަސައްކަތަށް އުރުދުޣާން އެއްބަސްވެވަޑައިގެންފި

11 ޖުލައި 2023
-

އަހަރަކަށް ފަހު ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވަނީ ސްވިޑެން އިން ނޭޓޯއާ ގުޅުމަށް ކުރާ މަސައްކަތަށް ތާއީދު ކުރައްވަން އެއްބަސްވެވަޑައިގެންފަ އެވެ.

ސްވިޑެންގެ މެމްބަރުކަމުގެ ބިޑް ތުރުކީގެ ޕާލަމެންޓަށް ފޮނުވުމަށް އުރުދުޣާން އެއްބަސްވެވަޑައިގެންނެވި ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ހޯމަ ދުވަހު ވަނީ އިއުލާން ކުރައްވާފައެވެ.

ލިތުއޭނިއާގެ ވިލްނިއަސްގައި އުރުދުޣާން އާއި ސްވިޑެންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަސަންއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ސްޓޮލްޓެންބަރގް ވިދާޅުވީ ތުރުކީ އިން ކުރިއަށް ދިއުމަށް އެއްބަސްވެފައިވާ ކަމަށެވެ.

Advertisement

"އަޅުގަނޑު އުފާކުރަން އިއުލާން ކުރަން... ރައީސް އުރުދުޣާން ވަނީ ސްވިޑެންގެ އެކްސެޝަން ޕްރޮޓޮކޯލް ވީހާވެސް އަވަހަކަށް ގްރޭންޑް ނޭޝަނަލް އެސެމްބްލީއަށް ފޮނުއްވައި، އެސެމްބްލީއާ ގާތުން މަސައްކަތްކޮށް ތަސްދީގު ކުރުން ޔަގީން ކުރުމަށް އެއްބަސްވެވަޑައިގެންފައި،" ސްޓޮލްޓެންބަރގް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

ނޭޓޯގެ މެމްބަރުކަން ހޯދުމަށް އަސްކަރީ އިއްތިހާދުގެ ހުރިހާ މެމްބަރުންގެ ރުހުން ހޯދަން ޖެހެ އެވެ. ތުރުކީން ވަނީ މިދިޔަ އަހަރުން ފެށިގެން ސްވިޑެން ނޭޓޯއަށް ވަނުން ހުއްޓުވާފަ އެވެ.

ޤުރުއާން އަންދާލި އިސްލާމްދީނާ ދެކޮޅު އެކްޓިވިސްޓުން ހިމެނޭ ގޮތަށް ސްވެޑިންގެ ސްޓޮކްހޯމްގައި ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ސަބަބުން ތުރުކީގެ އޮފިޝަލުން ރުޅިގަދަވިއެވެ.

ތިން ފަރާތެއްގެ މަޝްވަރާތަކަށް ފަހު ނެރުނު ޖޮއިންޓް ބަޔާނެއްގައި ބުނެފައި ވަނީ ތުރުކީ އާއި ސްވިޑެން އިން "ކައުންޓަރ ޓެރަރިޒަމް ކޯޑިނޭޝަން" އާއި ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރުމަށް ގާތުން މަސައްކަތް ކުރާނެ ކަމަށެވެ.

Advertisement

ކޮމެންޓް