22 ނޮވެމްބަރު 2024

Advertisement

އަފީފުއްދީން ސްކޫލުގެ ދަރިވަރުން، ކޯސްޑްގާޑު ޝިޕް ޝަހީދު ޢަލީއަށް ޒިޔާރަތްކޮށްފި

18 ފެބްރުއަރީ 2024

ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޝަހީދު ޢަލީއަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

އެ ސްކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާ 94 ދަރިވަރުން ބައިވެރިވި މި ޒިޔާރަތަކީ، ކަނޑު ދަތުރުފަތުރާ ބެހޭ ގޮތުން މަޢުލޫމާތު ހޯދުމަށް ކުރި ޒިޔާރަތެކެވެ.

މީގެ އިތުރުން އަފީފުއްދީން ސްކޫލުގެ ދަރިވަރުންނާއެކު 10 ޓީޗަރުން ވެސް މި ޒިޔާރަތުގައި ބައިވެރިވިއެވެ.

Advertisement

މި ޒިޔާރަތުގައި، ދަރިވަރުންނަށް ވަނީ ކަނޑު ދަތުރުފަތުރާ ގުޅޭ ގޮތުންނާއި، ކަނޑުދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނާއި، ލައިފް ޖެކެޓް އަޅަންވީ ގޮތާއި، ފަޔަރ އިކުއިޕްމަންޓް، އަދި ޑައިވިންގ އިކުއިޕްމަންޓް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

މި ޒިޔާރަތުގައި، ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީގައި މަސައްކަތްކުރާ ސިފައިންނެވެ.

Advertisement

ކޮމެންޓް