ފުލުހުންގެ ސްޕޯކްސް ޕާރސަންގެ މަގާމަށް ޝިފާން ހަމަޖައްސައިފި
ފުލުހުންގެ ސްޕޯކްސްޕަރސަންގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ހަމަޖައްސައި، އެކަން އިއުލާންކޮށްފިއެވެ.
ސްޕޯކްސްޕާސަންގެ މަގާމަށް ހަމަޖެއްސެވި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން މިވަގުތު ހުންނެވީ އޮފީސް އޮފް ދަ ކޮމިޝަނަރގެ ހެޑްގެ މަގާމުގައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ސްޕޯކްސްޕާސަންގެ މަގާމަށް ޝިފާން ހަމަޖައްސަވާފައި ވަނީ އޭނާ މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމުގެ މަސްއޫލިއްޔަތުގެ އިތުރުންކަމަށެވެ.
ފުލުހުންގެ ހިދުމަތުގެ އިސް މަގާމްތަކެއް ފުރުއްވާފައިވާޝިފާން ވަނީ މީގެކުރިން ވެސް ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމު އަދާކުރައްވާފައެވެ.