ހިޔަލަ ވީކެންޑް މާކެޓްގެ ޑިޖިޓަލް ޕާޓްނަރއަކަށް ދިރާގު ހަމަޖައްސައިފި
ހިޔަލަ ވީކެންޑް މާކެޓްގެ ޑިޖިޓަލް ޕާޓްނަރ އަކަށް ދިރާގު، ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާއި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ މި މާކެޓަކީ ކޮންމެ ހަފްތާއެއްގެ ވެސް ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ހަވީރު 4:00 ން ރޭގަނޑު 11:00 ޖަހަންދެން ހުޅުމާލެ ފޭސް 1 ގއި ކުރިއަށް ގެންދާ މާކެޓެކެވެ.
ދިރާގުން މި މާކެޓް ސްޕޮންސަރ ކުރުމުން ދެން ކުރިއަށް ގެންދާނީ ‘ޕަވަރޑް ބައި ދިރާގު’ ގެ ގޮތުގައެވެ.
މިއީ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވައި އެފަރާތްތަކުގެ އުފެއްދުންތައް ދައްކާލައި ވިއްކުމަށް ޚާއްސަ ޕްލެޓްފޯމެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ބާއްވާ މާކެޓެކެވެ.
އެގޮތުން ކޮންމެ ހަފުތާއަކުވެސް 18 އަންހެން ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ބީ.ސީ.ސީ އިން ދެއެވެ. އެ މުއައްސަސާއިންވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ނަން ހުށަހަޅާ ވެއިޓްލިސްޓް ކުރުމުގެ އިންތިޒާމު ހަމަޖައްސާފައެވެ.