މަރްޙޫމް ސާޖަންޓް މުޙައްމަދު އަޙްމަދު ދީދީގެ އަތުލިޔުން އަސްލަކަށް ބަލައިގެން ފޮންޓެއް ފަރުމާކޮށްފި
އެމްއެންޑީއެފް މެޑިކަލް ކޯރގައި މަސައްކަތްކުރެއްވި މަރްޙޫމް ސާޖަންޓް މުޙައްމަދު އަޙްމަދު ދީދީގެ އަތުލިޔުން އަސްލަކަށް ބަލައިގެން ފޮންޓެއް ފަރުމާކޮށްފިއެވެ.
މަރްޙޫމް ސާޖަންޓް މުޙައްމަދު އަޙްމަދު ދީދީއަށް ނިސްބަތްކޮށް އާންމުކޮށް ކިޔަމުން ދިޔަ ނަން ކަމުގައިވާ "ކޭޑީ" މި ނަން ބޭނުންކޮށްގެން އުފެއްދި ކޭޑީ އަކުރު ފޮންޓް، އާއްމުކޮށްފައި ވަނީ ދިވެހި ފޮންޓްތަކަށް ޚާއްޞަ ޕްރިމިއާ އޮންލައިން މާކެޓްޕްލޭސްގެ ގޮތުގައި 'އަކުރު ޓައިޕް' މިއަދު ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
2023 އޮގަސްޓް 19 ވަނަ ދުވަހު ކުއްލިގޮތަކަށް ނިޔާވި މަރްޙޫމް ސާޖަންޓް މުޙައްމަދު އަޙްމަދު ދީދީއަކީ، އަތުލިޔުމުގައި ވަރަށް ހުނަރުވެރި ބޭކަލެކެވެ. މަރްޙޫމް ސާޖަންޓް މުޙައްމަދު އަޙްމަދު ދީދީގެ އަތުލިޔުން އަސްލަކަށް ބަލައިގެން ކޭޑީ ފޮންޓްގެ ނަމުގައި ފޮންޓެއް އުފެއްދުމުގެ މަސައްކަތަކީ އެމްއެންޑީއެފް މެޑިކަލް ކޯރއާއި އެންކްރިއާރ ސްޓޫޑިއޯ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، އާދަމް ނަޞީރު އިބްރާހީމްއެވެ.
މި ފޮންޓް ޑައުންލޯޑު ކުރެއްވުމަށް www.akurutype.com އަށް ޒިޔާރަތް ކޮށްލައްވާ