24 ނޮވެމްބަރު 2024

Advertisement

ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ކެންޔާގައި ކުރަމުންދާ މުޒާހަރާގައި ހަ މީހަކު މަރާލައިފި

13 ޖުލައި 2023
-

މިހަފްތާ ތެރޭ ދެވަނަ ފަހަރަށް ނައިރޯބީ އާއި ކެންޔާގެ އެހެން ބޮޑެތި ސިޓީތަކުގައި މުޒާހަރާތައް ފެށުމުން ވިޔަފާރިތައް ހުއްޓުމަކަށް ވަނީ އައިސްފައެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މުޒާހަރާގައި ހަ މީހަކު މަރާލާފައިވާކަމަށެވެ. މީގެ އިތުރު 10 މީހުން ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ މަރުވި ހަ މީހުންގެ ގަޔަށް ބަޑިޖަހާފައި ވަނީ ވިޔަފާރިތަކަށް ބުރޫ އަރާ ކަމަށް ބުނެއެވެ.

ރައީސް ވިލިއަމް ރޫޓޯގެ ސަރުކާރާއި ދާދި ފަހުން ޓެކްސް ބޮޑުކުރުމާއި ދިރިއުޅުމުގެ އަގު ބޮޑުވުމާ ދެކޮޅަށް މަދަނީ ނުކިޔަމަންތެރިކަމާއި ކޮންމެ ހަފްތާއަކު މުޅި ގައުމުގައި މުޒާހަރާތައް ކުރުމަށް އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ ވަނީ ގޮވާލައްވައިފަ އެވެ.

Advertisement

މިދިޔަ ސެޕްޓެމްބަރު މަހު ހުވާކުރި ރޫޓޯއަށް ކުރިމަތިވެފައިވަނީ ދަރަނި، އިންފްލޭޝަން އަދި ޝިލިންގް(ކެންޔާގެ ފައިސާ) ބަލިކަށިވުމުގެ ސަބަބުން އަޑިއަޅާލާފައިވާ އިގްތިސާދެކެވެ. އޭނާގެ ސަރުކާރުން ބުނާ ގޮތުގައި ފިއުލް ޓެކްސް ދެގުނަ ކުރުމާއި އަގުހެޔޮ ބޯހިޔާވަހިކަމަށް ފައިސާ ހޯދުމަށް ލެވީއެއް ތައާރަފް ކުރުމަކީ ދަރަނި އަނބުރާ ދެއްކުން އިތުރުވުމާއި ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް ކުރާ ކަމެއް ކަމަށެވެ.

އިދިކޮޅު ޖަމާއަތްތަކުން ބުނާ ގޮތުގައި ޓެކްސް ބޮޑުކުރުމުން ކެންޔާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް އިތުރަށް ބޮޑުވާނެ ކަމަށާއި ކާބޯތަކެތި ހިމެނޭ ގޮތަށް އަސާސީ ތަކެތީގެ އަގުތައް އަތް ނުފޯރާފަށައް އަރާތީ މިހާރު ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް