22 ނޮވެމްބަރު 2024

Advertisement

މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެގޮތް ހަދައިދިނުމަށް ރައީސް އަށް ދަންނަވައިފި

28 ފެބްރުއަރީ 2024

 ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސް އަށް ހިއްސާކުރައްވާފައެވެ.

އެގޮތުން ފަތުރުވެރިކަން ތަރައްޤީކުރުމަށް މަގުފަހިކޮށްދެއްވުމަށާއި، އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތްތައް ފެންވަރު ރަނގަޅު ކުރުމަށާއި، ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރުމަށާއި، ފުނަދޫގައި ޕާސްޕޯޓް ކަލެކްޝަން ޕޮއިންޓެއްގެ ޚިދުމަތް ދޭން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

Advertisement

މީގެ އިތުރުން އައިސްޕްލާންޓެއް ޤާއިމުކުރައްވައި މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.  

Advertisement

ކޮމެންޓް