22 ނޮވެމްބަރު 2024

Advertisement

ވިލިގިނލީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

03 މާރިޗު 2024

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

މާރިޗު 2 ވަނަ ދުވަހު ނައްތާލާފައިވަނީ 190 ފުޅި ބަނގުރަލާއި 67 ދަޅު ބިޔަރެވެ.

މިތަކެއްޗަކީ 2023 ޑިސެންބަރު 26 އިން މި އަހަރުގެ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކޫއްޑޫ އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.

Advertisement

ބަނގުރާ ނައްތާލުން ވިލިނގިލި ޕޮލިސް ސްޓެޝަނުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

Advertisement

ކޮމެންޓް