24 ނޮވެމްބަރު 2024

Advertisement

ވަޅިއަކުން ބިރުދައްކައި އިންޒާރު ދިންމީހަކު ބަންދުކޮށްފި

ވަޅިއަކުން ބިރުދައްކައި، އާއިލާގެ މީހުންނަށް އިންޒާރު ދިން މައްސަލައެއްގައި ހައްޔަރު ކުރި މީހަކު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ ވަޅިއަކުން ބިރުދައްކައި، އާއިލާގެ މީހުންނަށް އިންޒާރު ދިންކަމުގެ ކުށުގެ ތުހުމަތެވެ.

Advertisement

އޭނާ 7 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 09 މާރޗު 2024 ގައެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ، އޭނައަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއްކަމަށް ބުނާތީ އެކަން ކަށަވަރު ކުރުމަށް ފަހު ދެން އޮންނަ މުއްދަތު މަޖިލީހަށް ހުށަހެޅުމަށް އެންގިފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް