ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މިހާރު ވަގުތުން ލިބޭނެ
ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް އޮންލައިންކޮށް ހުށަހެޅުމުން ނަގުދު ފައިސާ ލިބޭ ގޮތަށް ވަގުތުން އެޕްރޫވަލް މިހާރު ލިބޭނެއެވެ.
މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދާދި ފަހުން ގެނެވުނު ބަދަލެކެވެ.
ކަސްޓަމަރުންނަށް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކްރެޑިޓް ލިމިޓުގެ ގޮތުގައި ފެންނަ ޖުމްލަ ޢަދަދާ ހަމަޔަށް ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެއެވެ. އަދި އޮންލައިންކޮށް ހުށަހަޅެމުން ފައިނޭންސިންގ އެޕްރޫވްކޮށް 4 ގަޑިއިރުތެރޭ ޚިދުމަތް ލިބިގެންދާނެއެވެ. ވަގުތުން އެޕްރޫވްކުރާ ފައިނޭންސިންގ ފެސިލިޓީ ދޫކުރުމަށް ހަމަޖެހިފައިވަނީ ބީއެމްއެލް ޕޭރޯލް މެދުވެރިކޮށް ފާއިތުވި 12 މަސްދުވަހު މުސާރަ ޖަމާކޮށް ކްރެޑިޓް ހިސްޓްރީ ރަނގަޅު ކަސްޓަމަރުންނަށެވެ.
ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިން މެދުވެރިކޮށް ނަޤުދު ފައިސާގެ އިތުރުން، މުދަލާއި އެހެނިހެން ޚިދުމަތް ހޯދުމުގެ ފުރުޞަތުވެސް ލިބޭނެއެވެ.
ނަގުދު ފައިސާ ލިބޭ ޚިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރެވޭ އުސޫލެއް ކަމުގައިވާ ތަވައްރުޤް (ކޮމޯޑިޓީ މުރާބަޙާ) އުސޫލުންނެވެ.
ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ ޕްރޮސެސް ކުރުމަށް ކުރިން 5 ދުވަސް ނަގާއިރު މިހާރު މަދު ވަގުތުކޮޅެއްތެރޭގައި ކަސްޓަމަރުނަން ބޭނުންވާ ޚިދުމަތް ފަސޭހަކަމާއެކު ލިބެއެވެ.