ހަނދު ފެނިއްޖެ، މާދަމާ ރޯދަ
މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިގޮތަށް ކަނޑައަޅާފައިވަނީ ރޯދަ މަހުގެ ހަނދު ސާބިތު ކުރަން ބޭއްވި ޖަލްސާއަށްފަހު އިއްވެވި ހަނދާ ބެހޭ ގަރާރުގައެވެ.
އެ މިނިސްޓްރީން ބުނީ މި އަހަރުގެ މުލަ ރޯދަ ދުވަހަކީ މާދަމާއަކީ ކަމުގައި ހަމަޖެއްސީ ރާއްޖޭގެ ބައެއް ރަށްރަށަށާއި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވާތީ ކަމަށެވެ.
އެ މިނިސްޓްރީން ވަނީ ރޯދަަމަހު އަޅު ކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގެ ރައްޔިތުންނަށް ނަސޭހަތްތެރިވެސް ވެފައެވެ.