22 ނޮވެމްބަރު 2024

Advertisement

މީސްމީހުންގެ އަބުރަށް އަރަގަތުމަކީ ޑިމޮކްރަސީ އާއި ބީރަށްޓެހިކަމެއް: ޝާހިދު

13 މާރިޗު 2024

މަޖިލީހުގެ އިމްތިޔާޒް ނިވާފަތްގަނޑަކަށް ބޭނުންކޮށް ދޮގުހެދުމާއި މީސްމީހުންގެ އަބުރަށް އަރަގަތުމަކީ ޑިމޮކްރަސީ އާއި ބީރަށްޓެހި، ފިނޑި ކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝަނީފު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.

އެމްޑީޕީން ހުށަހަޅާފައިވާ އެންޓި-ޑިފެކްޝަން ބިލަށް ބަހުސް ކުރައްވަމުން ސަނީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު ދެވަނަ ފަހަރަށް ފާސް ކުރިއިރު، އޭނާ މަޖިލީހަށް ވަޑައިނުގަތީ ރިޝްވަތު ނަގައިގެން ކަމަށް ބުނެ ޝާހިދު އިސްވެ ހުންނަވައި ދޮގު ހަދަމުންދާ ކަމަށެވެ.

Advertisement

"އެ ވާހަކަތައް ދައްކަނީ އެމްޑީޕީގެ މިއަދުގެ ރައީސް ޝާހިދު އުފައްދައިގެން އުޅޭ ނޫހެއްގައި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މިއުވާން މުހައްމަދު ލިޔެގެން." ސަނީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޕާޓީގެ މެންބަރުން ފަލީހަތް ކުރުމަކީ ރައްޔިތުންގެ މަޖިލީހުގައި ހުރެގެން އޭނާ ކުށްވެރިކުރާނެ ކަމެއް ކަމަށް ސަނީފް ވިދާޅުވިއެވެ.

މިކަމަށް ރައްދުދެއްވާ ޝާހިދު ވިދާޅުވީ ދިޔަވަރު ނޫހާ ގުޅުމެއް ނޯންނާނެ ކަމަށާއި އޮންލައިންކޮށް ލިޔާ ދިޔަވަރު ކިޔާ ނޫހަކާއި އޭނާއާ ގުޅުމެއްވާ ނޫހެއް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަކީ ދޮގުވާހަކަތަކެއް ކަމަށެވެ.

Advertisement

ކޮމެންޓް