ތަހުގީގަށް ހާޒިރު ނުވެގެން މީހަކު ހޯދަން އިއުލާން ކޮށްފި
ތަހުގީގަށް ހާޒިރު ނުވެގެން މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.
ފުލުހުން އިއުލާން ކޮށްފައިވަނީ އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށެވެ.
އޭނާ އަކީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެއް ކަމަށްވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި ވަނީ އިއުލާނުކޮށްފައެވެ.
އެ މައްސަލައިގާ ހާޒިރުވާން އަންގައި އިއުލާންކޮށްފައިވަނީ މުހައްމަދު ނާޝިދު، ސ. ހިތަދޫ / އޮނިތޮށިގެ (53އ) އަށެވެ. އަދި އޭނާ ހާޒިރުވާންޖެހެނީ އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 މާރިޗު 28 ވަނަ ދުވަހުގެ 10:00 އަށެވެ.