ނަރީޝްއަށް ހަމަލާދިން މައްސަލައިގާ މީހަކު ހައްޔަރުކޮށްފި
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ނަރީޝް އަަށް ހަމަލާދީފައިވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ކެމްޕޭންގައި ގއ. މާމެންދުގައި އުޅެނިކޮށްނެވެ.
މައުލޫމާތު ލިބިފައުވާ ގޮތުގައި ނަރީޝްއަށް ހަމަލާ ދީފައިވަނީ އޭނާ ކެމްޕޭނަށް ގއ. މާމެންދޫއަށް ވަޑައިގަތުން އެމްޑީޕީގެ އެކްޓިވިސްޓުނާ ދެމެދު ހިނގި ޒުވާބެއްގައެވެ.
އޭނާ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެ ޒުވާބުގެ ތެރޭގައި ފަހަތުން އައި މީހަކު އޭނާގައި ގޮށްމުށްކަވާފައި ދެފަހަރަކަށް ޖަހާފައި ވާކަމަށެވެ.
ފުލުހުން ބުނެފައިވަނީ ނަރީޝްއަށް ހަމަލާދީފައިވާކަމުގެ މައުލޫމާތު އިއްޔެ ހަވިރު 17:00 ހާއިރު ލިބިފައިވާކަމަށެވެ.
ނަރީޝްއަސް ދިން ހަމަލާއާއި ގުޅިގެން އޭނާއަށް އަނިޔާވިކަމުގައި މައުލޫމާތު ލިބިފައެއް ނުވެއެވެ. އަދި އެ ހަމަލާއާއި ގުޅުންހުރި އިތުރު މައުލޫމާތު ފުލުހުން ދީފައެއް ނުވެއެވެ.
ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.