22 ނޮވެމްބަރު 2024

Advertisement

ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

26 މާރިޗު 2024

ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ މާލެ، މއ. ޕެރީހީލިއަން، އަކްރަމް ޢަދީލް ސަޢީދު (އުމުރު 25އ) ކަމަށެވެ. 

އޭނާގެ ޚަބަރެއް އާއިލާއަށްނުވެ، ގެއްލިފައިވާ ކަމަށް މާރިޗް 25 ވަނަ ދުވަހުގެ ރޭ 7:22 ހާއިރު، ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަަމަށް ފުލުހުން ބުންޏެވެ.

Advertisement

އޭނާ އެންމެ ފަހުން ފެނިފައިވަނީ މާރިޗް 23 ވަނަ ދުވަހުގެ މެންދުރު 1:15 ހާއިރު ހުޅުމާލެ ފޭސް 2، އެޗް 15 އިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ވެސް ބުންޏެވެ. އަދި އެއީ އޭނާ މިހާރު ދިރިއުޅޭތަން ކަމަށް ވެސް ބުންޏެވެ.

ފުލުހުން ވަނީ އަކްރަމް ޢަދީލް ސަޢީދު ގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.

Advertisement

ކޮމެންޓް