ނަސޯރާ ދީނުގެ ލިޔުންތަކެއް އެޅި ބަޔަކު ހައްޔަރުކޮށްފި
ނަސޯރާ ދީނުގެ ލިޔުންތަކެއް އެޅި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓެއްގައި ނަސާރާ ދީނުގެ މައުލޫމާތު ހިމެނޭ ލިޔުންތަކެއް ބެހި ދެ ބިދޭސީން އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހުން މި ލިޔުންތައް އަޅާފައިވަނީ ހިޔާ ޓަވަރުތަކުގައި ހުންނަ މެއިލް ބޮކްސްތަކަށެވެ.
އިސްލާމް ދީނާ ހިލާފު ލިޔުންތަކެއް އެޅި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޖަރުމަނު ވިލާތަށް ނިސްބަތްވާ ދެ އަންހެނުންނެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު، އަހުމަދު ޝިފާން އެކްސްގައި ކުރި ޕޯސްޓުގައި ވިދާޅުވީ ހުޅުމާލޭ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަށް އެ މީހުން ގެންގޮސްފައިވާ ކަމަށެވެ. އެ މައްސަލަ ބަލަމުން އަންނަނީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔާތްކުރުމުގެ ގާނޫނާއި ހިލާފު ލިޔުންތަކެއް އެޅި މައްސަލައެއްގެ ގޮތުގައެވެ.
އެ ދެ މީހުން ރާއްޖެ އައިސްފައި ވަނީ ޓޫރިސްޓު ވިސާގައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.