ޕީޕީއެމް/ޕީއެންސީއަށް ރަނގަޅުވާނެ ގޮތް ހޯއްދަވާނީ ރައީސް މުއިއްޒު
ޕީޕީއެމް/ޕީއެންސީއަށް ރަނގަޅުވާނެ ގޮތް ހޯއްދަވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަަމަށް ރައީސް މުއިއްޒުގެ އިސް މުޝީރު އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ފަރާތުން ސ. ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ޝާހިދުގެ ކެމްޕޭން ހަރަކާތެއްގައި ރޭ ވާހަކަ ދައްކަވަމުން އަދުރޭ ވަނީ ރައީސް ޔާމީނަށް ވަރަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން އަދުރޭ ވިދާޅުވީ އަންހެނުން ވަރިކޮށްފައި ދެން އެ ވަރިކުރި އަނބިމީހާ މާ ރަނގަޅުގޮތް އެދިގެން ނުވަތަ މާ ހެޔޮގޮތް ހޯދާދޭން ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއްނޫން ކަމަށެވެ. އަދި ވަރިކޮށްލާނީ ހިތްހަމަނުޖެހުނީމައި ކަމަށެވެ.
މީގެ އިތުރުން އަމިއްލަ މަސަލަހަތުގައި އެހެން އެންމެން ކަތިލާން ވިސްނުމަކީ ގައުމަށް އިޚްލާސްތެރިވުން ނޫން ކަމަށާއި މީކުރިން ޕީޕީއެމް/ޕީއެންސީ މަގުމަތިކޮށްލަން ވެސް ބަޔަކު މީހުން މަސައްކަތް ކޮށްފައިވާ ކަމުގައެވެ.