އެމްޑީޕީގެ ލީޑަރޝިޕް އަތޮޅުތެރެއަށް
އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން އަތޮޅުތެރެއަށް ފުރުމަށް ނިންމައިފިއެވެ.
މިއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ އެޕާޓީގެ ކެނޑިޑޭޓުންގެ ކެމްޕެއިންގެ އެކި ހަރަކާތްތަށް ކުރައްވާ ދަތުރެކެވެ.
އެމްޑީޕީން ބުނީ ޑޯޓުޑޯ ހަރަކާތްތަކާއި ކެމްޕޭން ޖަލްސާތައް މިޙާރު ކުރިއަށްދާ ކަމަށާއި ކޮންމެ ރެއަކު ވެސް އެހަރަކާތްތައް ކުރިއަށްގެންދާ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި ދެތިން ދުވަހެއްގެ ތެރޭގައި ކެމްޕޭން ދަތުރުތަކުގައި ކެނޑިޑޭޓުންނާއި ޕާޓީގެ ލީޑަރުން ރަށް ރަށަށް ފުރާވަޑައިގަންނަވާނެކަމަށް އެޕާޓީން ބުންޏެވެ.
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާގެ ތެރެއިން އެމްޑީޕީން 90 ދާއިރާއަކަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ.
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މިހާރު ނުދެވިހުރި ހުރިހާ ދާއިރާއަކަށް ރަމަޟާން މަސް ނިމުމުގެ ކުރިން އެމްޑީޕީގެ ލީޑާރޝިޕުން ދަތުރު ކުރާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
މި ރަޟާންމަހުވެސް އެމްޑީޕީން އަންނަނީ މާލޭގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙައި، އެޕާޓިގެ ލީޑަރޝިޕްގެ ބޭފުޅުން ގެންދަވަނީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.