22 ނޮވެމްބަރު 2024

Advertisement

ގަނާކުރުމާ ދެކޮޅަށް ހޭލުންތެރިކުރުވަނީ

07 އޭޕްރީލު 2024

ގަނާ ކުރުމާއި ދެކޮޅަށް ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްތަކެއް ފަށާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވިދާޅުވީ މިމައްސަލައަށް ޤައުމު ހޭލުންތެރި ކުރުވަން އެ ވުޒާރާގެ ފަރާތުން މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން އެކަމަށް މުޅި ޤައުމު ހޭލުންތެރިކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރާނަން. މިގޮތުން ޚުޠުބާތަކުގެ ޒަރިއްޔާއިންނާއި، ދީނީ އެކިއެކި ޕްރޮގްރާމްތަކާއި ފޯރަމްތަކާއި، ބެލެނިވެރިންނަށް ހިންގޭ ޕްރޮގްރާމްތަކާއި އަދި އެކިއެކި އުމުރުފުރާތަކަށް ބަހައިގެން ކުރިއަށް ގެންދެވޭ ތަރުބަވީ ޕްރޮގްރާމުތަކުގެ ތެރެއިން، މިފަދަ ނޭދެވޭ ކަންކަން؛ އަނިޔާތައް ތަކުރާރުވެ ނުދިއުމަށްޓަކައި މާތްﷲ އިރާދަ ކުރެއްވީއްޔާ ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން" ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

Advertisement

ކުޑަކުދިން ގަނާ ކުރުމުން ރައްކާތެރިކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ހާއްސަ ޓާސްްކްފޯހެއް އެކުލަވާލާފައެވެ. 

ކުޑަކުދިންނަށް ގަނާ ކުރުމުގެ ނޭދެވޭ އަމަލު ހުއްޓުވުމަށް ޤައުމީ ފެންވަރުގައި ވަޒީރުން ހިމެނޭ ޓާސްކް ފޯހެއް އެކުލަވާލާފައިމިވަނީ، އއ. ރަސްދޫގައި ކުޑަކުއްޖަކަށް ގަނާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެ އެކަން ދައުލަތުގެ ކަމާއިބެހޭ އިދާރާތަކުގެ ސަމާލުކަމަށް އައުމާއެކުއެވެ.

އެގޮތުން އެކުއްޖާއަށް ގަނާ ކޮށްފައިވަނީ އުމުރުން 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒީރުވަނީ ހާމަކުރައްވާފައެވެ.  

Advertisement

ކޮމެންޓް