އަންހެން ވޯލްޑް ކަޕްގެ ކުރިން ނިއުޒީލެންޑުގައި ހަކާ ރޫޓިންއެއް ހަދަމުން ދިޔައިރު އޭނާގެ ޓީމުގެ މެމްބަރުން ހޭން ތިބި ވީޑިއޯއެއް ވައިރަލްވުމުން ސްޕެއިންގެ ގައުމީ އަންހެން ޓީމުގެ ކެޕްޓަން މައާފަށް އެދިއްޖެ އެވެ.
އެ ކުޅުންތެރިންގެ މައްޗަށް ތުހުމަތު ކުރެވުނީ މައޯރީ ސަގާފަތަށް އިހުތިރާމް ނުކުރާ ކަމަށް ބުނާ ވީޑިއޯ ފަހުން ވަނީ ޑިލީޓްކޮށްފަ އެވެ.
ސްޕެއިން ސްކޮޑް ތިބޭ ނޯތު އައިލެންޑް ސިޓީ ޕާމަރސްޓަން ނޯތުގައި ބޭއްވި ޕޮވްހިރީ ނުވަތަ ސަލާމް ކުރުމުގެ ރަސްމިއްޔާތުގައި ކެޕްޓަން އިވާނާ އަންޑްރެސް ވަނީ ގަބީލާގެ އިސްވެރިންނާއި މެމްބަރުންނަށް މައާފަށް އެދުމުގެ ބަޔާނެއް ދެއްވާފައެވެ.
އަދި މި ރަސްމިއްޔާތުގައި އަންދްރޭސް ވަނީ ޕާމަރސްޓަން ނޯތު އަށް ކިޔާ މައޯރީ ނަން ކަމަށްވާ ޕަޕައިއޯއާ ކިޔާ ސްޕެއިން ކުޅޭ ޖާރޒީއެއް ގަބީލާގެ އިސްވެރިންނަށް ހަދިޔާކޮށްފަ އެވެ.
“އަހަރެމެން އައޯޓެއަރޯއާ ނިއުޒީލެންޑުގައި އުޅޭތާވީ މަދު ދުވަސްކޮޅެއް، ތިޔަބޭފުޅުންގެ ސަގާފަތާ ބެހޭ ގޮތުން ދަސްކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި،” އަންދްރޭސް ބުންޏެވެ.
"އަހަރެމެން ވެސް ބޭނުންވަނީ މަޓާރިކީ އާއެކު އަހަރެމެންގެ ފޯރި އާކޮށް، އަހަރެމެންނަށް އުފާކުރަން ދަސްކޮށް، ހިއްސާކޮށް، އާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް އަދި އަހަރެމެންގެ ގޯސްތަކަށް މާފަށް އެދުމާއި ކޮންމެ ދުވަހަކު އިތުރަށް ދަސްކުރުމަށް،" އަންދްރޭސް ބުންޏެވެ .
މަޓާރިކީ އަކީ ނިއުޒީލެންޑުގައި ގައުމީ ބަންދެއްގެ ގޮތުގައި ފާހަގަކުރާ މައޯރީ އާ އަހަރެވެ.
“އަހަރެމެންނަށް އެނގޭ މައޯރީ މީހުންނަށް މާނާ [ސްޓޭޓަސް] ކިހާ މުހިންމުކަން އަދި އެހެންކަމުން އެކަން ފާހަގަކުރަން ބޭނުންވަނީ އަހަރެމެންގެ ޓީމުގެ ޖާޒީއެއް ދީގެން.” އަންދްރޭސް ބުނީ އެ ޖާޒީ ތަމްސީލު ކުރަނީ "އަހަރެމެންގެ މަނާ، އަހަރެމެންގެ ހަންގަނޑު، އަހަރެމެންގެ ލޭ، އަހަރެމެންގެ ފޮތިގަނޑާއި އަހަރެމެންގެ ކަރުނަ" ކަމަށެވެ.
ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ ސަލާމް ރަސްމިއްޔާތުގައި ރެއާލް މެޑްރިޑްގެ ކުޅުންތެރިޔާ ވަނީ ސްޕެނިޝް ބަހުން ވާހަކަ ދައްކާފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރަންގިޓަނޭގެ ތަރުޖަމާނަކު ވިދާޅުވީ އެ ރަސްމިއްޔާތުގައި ހިނގި ކަންތައްތަކަކީ "ވަރަށް ރަނގަޅު ނަތީޖާއެއް" ކަމަށެވެ.
“އެމީހުންގެ ބަސްތައް އައީ ހިތުން ކަމަށާއި އެމީހުންނަށް ވިސްނުނު ގޮތުގައި ހަކާއަކީ ވަރަށް އަގުހުރި އެއްޗެއްކަން، ހަމައެކަނި މައޯރީއަށް ނޫން، ހުރިހާ އައޯޓެއަރޯއާއަށް.”
ސްޕެއިން ގްރޫޕް ސީގެ މެޗުތައް ނިއުޒީލެންޑުގައި ކުޅޭއިރު، މުބާރަތް ފަށާނީ ހުކުރު ދުވަހު ވެލިންޓަންގައި ކޮސްޓަރިކާއާ ދެކޮޅަށެވެ. އަދި މީގެ އިތުރުން މިގްރޫޕްގައި އޮތީ ޒެމްބިއާ އާއި ޖަޕާނާ އެވެ.