ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުވާން އަންގައިފި
ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުވާން އަންގައިފިއެވެ.
ފުލުހުން ބުނީ ޑްރަަަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެއް ކަމަށެވެ.
އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވަނީ ގދ. ރަތަފަންދޫ / އަތިރީގެ، ހާޝިމް މުޙައްމަދު، (30އ) އެވެ.
އޭނާ ހާޒިރުވާންޖެހެނީ ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ، އަށް 2024 އޭޕްރީލް 23 ވަނަ ދުވަހުގެ 14:00 އަށެވެ.