22 ނޮވެމްބަރު 2024

Advertisement

ޔޫސުފް ނައީމްގެ މައްޗަށް ކުރި ހުކުމް ބާތިިލުކޮށްފި

18 އޭޕްރީލު 2024

ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރި ހުކުމް ބާތިިލުކޮށްފިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވެ، އެ މައްސަލާގައި 2022 ޑިސެންބަރު 25 ވަނަ ދުވަހު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ތިން އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލު ހުކުމެއް އިއްވާފައެވެ.

ހައިކޯޓުން އެ މައްސަލާގެ އިސްތިއުނާފުގެ ހުކުމް އިއްވާފައިވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވުމަށް އަމުރުކޮށްފައެވެ.

Advertisement

އެ މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ހުޒައިފާ މުހައްމަދު އަދި މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ. ރިޔާސަތު ބެއްލެވީ ފަނޑިޔާރު ޝަފީއުއެވެ. އެ ހުކުމް އިއްވަވާފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

Advertisement

ކޮމެންޓް