22 ނޮވެމްބަރު 2024

Advertisement

ރިޝްވަތުގެ ކުށް ސާބިތުނުވެ، ރައީސް ޔާމީން މިނިވަން ވެއްޖެ

18 އޭޕްރީލު 2024

ރިޝްވަތުގެ ކުށް ސާބިތުނުވެ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަން ވެއްޖެއެވެ.

އެމަނިކުފާނު މިނިވަން ވީ ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.

މިއަދުގެ ބާއްވާފައިވަނީ އެ މައްސަަލައިގާ ހުކުމް އިއްވުމެވެ.

Advertisement

ހައި ކޯޓުގައި ކުރިޔަށްދާ އެ މައްސަލައިގެން އިސްތިއުނާފީ އަޑުއެހުމުގައި، މި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި އެ ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބެލުމަށެވެ.

އެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހެވެ. އެ މައްސަލައިގައި އިސްތިއުނާފު މަރުހަލާ ކުރިއަށްދާއިރު އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހެވެ.

Advertisement

ކޮމެންޓް